ޑިސެންބަރު 14, 2008

de8ade8a1އަންނަ އަހަރު ފިޔޯރީ ސްކޫލް ގައިގްރޭޑް 10 ގައި ކިޔަވާދެނީ

އަންނަ އަހަރު ރާއްޖޭގެ 30 ސްކޫލެއްގައި އޯލެވެލް ފެންވަރަށް އަލަށް ކިޔަވާދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ އަހުމަދު ޝަފީއު ވިދާޅުވީ މިއަހަރު ގްރޭޑް 9 އުފައްދާ ކިޔަވާދެމުން ގެންދިޔަ ސްކޫލުތަކުގައި އަންނަ އަހަރު ގްރޭޑް ދިހައަކަށް ކިޔަވާދޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރު ގްރޭޑް ދިހައެއް އުފެދިގެން ދާނީ ހއ. އަތޮޅުން 3 ސްކޫލަކާއި ހދ, ނ, ޅ, ކ, އއ, އދ, ގދ އަތޮޅުގެ ސްކޫލެކެވެ.

އެސްކޫލުތަކަކީ ހއ.ފިއްލަދޫ މަދަރުސަތުއް ސޮބާހުއާއި, ހއ.ތުރާކުނު ސްކޫލާއި, އެއަތޮޅު އުލިގަމް ސްކޫލާއި ހދ. ފިނޭ ސްކޫލާއި, ނ. ހެނބަދޫ ސްކޫލާއި, ޅ. އޮޅުވެލިފުށި ސްކޫލާއި, ކ. ހިންމަފުށީ ސްކޫލާއި, އއ. މާޅޮސް ސްކޫލާއި, އދ.ކުނބުރުދޫ ސްކޫލާއި, ގދ.ފިޔޯރީ ސްކޫލެވެ.

މިސްކޫލުތަކުގައި އަންނަ އަހަރު ގްރޭޑް 10އަކަށް ކިޔަވާދޭން ފެށުމުން މުޅި ރާއްޖޭގެ 175 ސްކޫލެއްގައި އޯލެވެލް ފެންވަރަށް ކިޔަވާދެވެމުން ދާނެ އެވެ

އިސްތިހާރު

ޖަނަވަރީ 30, 2009

އެމްޑީޕީ ޕްރައިމަރީ : ޕްރައިމަރީ ބޭއްވި ފަސްދާއިރާގެ ވޯޓުގެ ނަތީޖާ އިއުލާންކޮށްފި

vote-mdp

މިއަހަރު ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބުގައި އެމް.ޑީ.ޕީގެ ޕާޓީ ޓިކެޓުގައި ވާދަކުރަން އެދޭ ފަރާތްތަކުގެ ތެރެއިން

ޕްރައިމަރީއަށް ދާންޖެހޭ ދާއިރާތަކުގެ ވޯޓުގެ ނަތީޖާ އިޢުލާނުކޮށްފިއެވެ.

ރޭ ބޭއްވި އެޕާޓީގެ އާންމު ޖަލްސާގައި ނަތީޖާ އިޢުލާނު ކޮށްފައިވަނީ ބ. އަތޮޅުގެ އެއް ނަމްބަރު ދާއިރާއާއި, ކ. އަތޮޅުގެ ދެ ނަމްބަރު

ދާއިރާއާއި, އއ. އަތޮޅުގެ އެއް ނަމްބަރު ގޮނޑިއާއި, ގދ. އަތޮޅުގެ ނަމްބަރު ގޮނޑި, އަދި މާލޭގެ 2M ދާއިރާއިންނެވެ.

ބ. އަތޮޅުގެ ތުޅާދޫ, ގޮއިދޫ, ފުޅަދޫ އަދި ފެހެންދޫ ހިމެނޭ ދާއިރާއިގެ ޕްރައިމަރީ 125 ވޯޓާއެކު ކާމިޔާބުކުރީ މ.ތްރީސިސްޓަރސް

އިބްރާހީމް އަބްދުއްރަޙުމާނެވެ. އޭނާ ޕްރައިމަރީ ކާމިޔާބުކުރީ ދެ މީހުންނާ ވާދަކޮށް އޭނައާ އެންމެ ކައިރިން ވާދަ ކުރި މ.ނޫހިރި

ހިސާނު ހުސެއިނަށް ލިބުނު ވޯޓުގެ 29 ވޯޓު ތަފާތުން ނެވެ.

ކ. އަތޮޅުގެ ދިއްފުށި, ހުރާ, ތުލުސްދޫ އަދި ހިންމަފުށި ހިމެނޭ ދާއިރާއިން 100 ވޯޓާއިއެކު ކުރިހޯދީ ކ. ހުރާ ހަނދާން, ހުސެއިން

ނިޔާޒެވެ. އޭނާ މި ގޮނޑީގެ އެމްޑީޕީ ޓިކެޓް ކާމިޔާބުކޮށްފައި ވަނީ ދެ މީހުންނާއި ވާދަކޮށް އޭނައާ އެންމެ ކައިރިން ވާދަކުރި

ކ.ތުލުސްދޫ އަހުމަދު ސަބާހުއަށް ވުރެ 27 ވޯޓުގެ ތަފާތަކުން ނެވެ.

އއ. އަތޮޅުގެ ބޮޑުފުޅަދޫ, މަތިވެރި, ފެރިދޫ, މާޅޮސް އަދި ހިމެންދޫ ހިމެނޭ ދާއިރާއިން ހ.މާފިލާގޭ މުޙައްމަދު ނަސީމު (ވާއްގޯ) އާއި,

މަންޒަރުގޭ ހަސަން ޒަރީރާއި, ގ.ދޮންފެހިގޭ ސައީދު ހަސަނާއި ވާދަކޮށް 61 ވޯޓާއެކު ކާމިޔާބުކުރެއްވީ އއ. ބޮޑުފުޅަދޫ ގުލްފާމުގޭ

އަބްދުﷲ ރަޝީދު މޫސާއެވެ. ގދ. އަތޮޅުގެ ރަތަފަންދޫ, ފިޔޯރީ އަދި ފަރެސް މާތޮޑާ ހިމެނޭ ދާއިރާއިން 66 ވޯޓާއިއެކު ކާމިޔާބުހޯދީ

ގދ.ފިޔޯރީ ހެވަންލީހެވަން ނާޒިލް އަފީފެވެ. އޭނާ އާއި ވާދަކުރި ދެމީހުން ބަލިކޮށް ނާޒިލް ޓިކެޓް ކާމިޔާބު ކޮށްފައި ވަނީ ގދ. ފަރެސް

މާތޮޑާ ގަނދަކޯޅިމާގޭ މުހައްމަދު ނިޔާޒުއަށް ވުރެ ހަތް ވޯޓުގެ ތަފާތަކުން ނެވެ..

މާލޭގެ

2M ދާއިރާއިން މ.ނެދުންގޭ އައިމިނަތު ނަޖީބާއި, މ.ސަނީކޯސްޓް މުޙައްމަދު ޝަރީފު (ސެންކޯ ޝަރީފު) އާއި ވާދަ ކޮށްގެން 101 ވޯޓާއިއެކު ޕްރައިމަރީ ކާމިޔާބުކުރީ މ.ކުޑަވެޔޮމަތީގޭ މުޙައްމެދު ފަލާހެވެ. މިދާއިރާއަށް ކުރިމަތިލެއްވި މަޖުލީހުގައި އެންމެ އަޑު


ހަރުކޮށް ވާހަކަދައްކަވާ އެއްބޭފުޅާ ކަމަށްވާ ސެންކޯ ޝަރީފަށް ލިބިވަޑައިގަތީ 22 ވޯޓެވެ.

ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ހަތް ކެންޑިޑޭޓަކު ވަނީ ވާހަކަ ދައްކަވާފައެވެ. އެޕާޓީގެ ޗެއަރޕާސަން މާރިއާ އަހުމަދު ދީދީ އާއި

ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރ ހަސަން އަފީފާއި އަދި ގދ.ތިންވަނަ ގޮނޑިން ޕްރައިމަރީގައި ބަލިވި މުހައްމަދު ނިޔާޒުވެސް ވަނީ ވާހަކަ

ދައްކާފައެވެ.

ނިޔާޒު ބުނީ ބަލި ގަބޫލު ކުރާ ކަމަށާއި އެމްޑީޕީއާ އެކު އެއްބަސްވެފައިވާ ގޮތަށް ޕްރައިމަރީގައި ހޮވުނު ކެންޑިޑޭޓަށް ތާއީދުކޮށް ކެމްޕޭނު

ކޮށްދޭނެ ކަމަށެވެ..

އެމްޑީޕީގެ ޕާޓީ ޓިކެޓް ދިނުމުގައި ޕްރައިމަރީއަކާއި ހަމައަށް ނުގޮސް 48 ދާއިރާގެ ޓިކެޓް ވަނީ ދީފައެވެ. އެޕާޓީން ބުނީ އެއީ ދެ މީހުން

ކުރިމަތިލީ ދާއިރާތަކުން ވާހަކަ ދައްކައިގެން އެކަކު އަނބުރާ ނަން ގެންގޮސްގެން ކަމަށެވެ. އަދި އެކަކު ކުރިމަތިލާފައިވާ ދާއިރާތައްވެސް

މިބައިގެ ތެރޭގައި ހިމެނެއެވެ. ރޭ އިއުލާންކުރި ފަސްދާއިރާއާއެކު މިހާރު ވަނީ 53 ގޮނޑިއެވެ. އަދި 23 ގޮނޑިއަކަށް ދެ ކެންޑިޑޭޓުން

ކުރިމަތިލާފައި ވާތީ އެކެންޑިޑޭޓުންނަށް ޕޮއިންޓްދޭ އުސޫލަކުން ހޮވުމަށްވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.

ޑިސެންބަރު 14, 2008

de8ade8ade8ade8a1ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ތިން އަތޮޅެއްގެ ރަށްރަށުގައި ފެން ބޮޑުވެ ގެއްލުންތަކެއް ވެއްޖެ

މިހާރު ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ބްރާސްފަތި ދުވަހު މެންދުރު ފަހު އައްޑުއަށާއި ހުވަދުއަތޮޅަށާއި ފުވައްމުލަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ތިނަދޫ ކަތީބު މުހައްމަދު ނަސީރު ވިދާޅުވީ އެންމެ ބޮޑަށް ފެން ބޮޑުވެފައި ވަނީ ހުޅަނގު ދެކުނުފަރާތު ސަރަހައްދަށް ކަމަށާއި, މި ސަރަހައްދުގެ ގިނަ ގެތަކަށް ފެން ވަނުމުގެ ސަބަބުން ހިފާގެންގުޅޭ ބައެއް ސާމާނަށްވެސް ގެއްލުން ލިބިފައިވާ ކަމަށެވެ.

ނަސީރު ވިދާޅުވީ މިވަގުތު ހުރިހާ ގެތަކުގެ ތަފްސީލް ދެވެން ނެތްކަމަށާއި މިއަދުވެސް ގެއްލުން ލިބުނު ގެތަކުގެ ހިސާބުތައް ނަގަމުން ދާކަމަށެވެ.

ވިއްސާރައިގައި ގދ. އަތޮޅުން ގެއްލުންވި ރަށްތަކަކީ ވާދޫ, ތިނަދޫ. މަޑަވެލި, ހޯޑެއްދޫ, ރަތަފަންދޫ, އަދި ފަރެސްމާތޮޑާ އެވެ. މި ވިއްސާރައިގައި ފަރެސް މާތޮޑާއަށާއި ފިޔޯރީއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ.

މި ދެރަށަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ފަރެސް މާތޮޑާގެ ޖެޓީން ބޮޑު ބައެއް ކަނޑައިގެން ދިއުމާއި ބައެއް ގެތަކަށް ފެންވަދެ, ހިފާގެންފުޅޭ ސާމާނު ހަލާކުވުން ހިމެނެ އެވެ. މީގެ އިތުރުން ގައްދޫގެ ރައްޔިތުން ދަނޑުވެރިކަން ކުރަމުން އަންނަ ރަށެއް ކަމުގައިވާ ގަމުގެ ދަނޑުބިން ތަކަށްވެސް ވަރަށްބޮޑެތި ގެއްލުންތަކެއް ވަނީ ލިބި ފައެވެ.

ރާއްޖޭގެ މަތީގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރަމުންދާ މިވިއްސާރައިގައި ހުވަދު އަތޮޅުގެ ރަށްރަށުގެ ތެރެއިން ފެންބޮޑުވި ރަށްރަށުގައި މިއަދުވެސް ޕަންޕް ޖަހައިގެން ފެންހިއްކުމުގެ މަސައްކަތްތައް ކުރެވިފައިކަމަށް އަތޮޅު އޮފީހުން މައުލޫމާތު ދެއެވެ.

އަތޮޅުވެރިޔާގެ އެހީތެރިޔާ މުހައްމަދު ނިޒާރު ފަރެސްމާތޮޑާގައި ހުންނަވައިގެން ޖަޒީރާއަށް މައުލޫމާތު ދެމުން ވިދާޅުވީ އެރަށުގެ އެއްގެ ފިޔަވާ ހުރިހާ ގެއެއްގެ މީހުން މިހާރު އާއްމު ހާލަތަށް އަންނަމުންދާ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކުގެ ބޮޑު ސަރަހައްދެއްގައިވެސް ވަނީ ފެންބޮޑުވެފަ އެވެ.

ފުވައްމުލަކު އޮފީހުން ބުނީ އެރަށުގެ 100ށް ވުރެ ގިނަ ގެއެއްގައި ފެންބޮޑުވެ ހިފައި ގެންގުޅޭ ގިނަ ތަކެތި ހަލާކު ވެފައި ވާކަމަށެވެ. މީގެ ތެރޭގައި ޓީ.ވީ އާއި ރޭޑިއޯ އާއި ކޮމްޕިއުޓަރާއި ފަރުނީޗަރާއި ކާބޯތަކެތީގައިވެސް ފެންޖެހި ވަނީ ހަލާކު ވެފަ އެވެ. މީގެ އިތުރުން ބައެއް ގޭގައި ބަހައްޓައިފައިހުރި ސިމެންތި ތަކަށްވެސް ވަނީ ފެނުގެ އަސަރު ކޮށްފަ އެވެ. ބުރާސްފަތި ދުވަހުގެރޭ އިރާކޮޅު އެރަށަށް ވެހެންފެށި ވާރޭ ހުއްޓައިލީ އެރޭ ފަތިހުގެ ފަހުން ކަމަށް އޮފީހުން މައުލޫމާތު ދެއެވެ.

މި ވިއްސާރައިގައި އައްޑު އަތޮޅުގެ ބައެއް ރަށްރަށުގައިވެސް ވަނީ ފެންބޮޑު ވެފަ އެވެ.

ކުރިޔަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމުގައި ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ވަނީ ހާމަ ކޮށްފަ އެވެ. އެ ސެންޓަރުން ބުނީ މިއަދުވެސް އެސަރަހައްދަށް އިރުއުތުރުން, ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކުރެއްވޭ ކަމަށެވެ.